10 ރަށެއްގައި ސިއްހީ މަރުކަޒު އަޅަން ސަރުކާރުން ތިން ކުންފުންޏާ ހަވާލުކޮށްފި

10 ރަށެއްގައި ސިއްހީ މަރުކަޒު އަޅަން ސަރުކާރުން ތިން ކުންފުންޏާ ހަވާލުކޮށްފި

Author
ހުސައިން
29 މާރޗް 2025 12:23
0

ސަރުކާރުން 10 ރަށެއްގައި ސިއްހީ މަރުކަޒު އަޅުމަށް ނިންމައި، އެމްޓީސީސީ، އާރުޑީސީ އަދި ފެނަކަ ކޯޕަރޭޝަނާ މި މަޝްރޫޢުތައް ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ރޭއެވެ. ހެލްތު މިނިސްޓްރީގެ ދެ ސްޓޭޓް މިނިސްޓަރުން ސަރުކާރުގެ ފަރާތުން ސޮއިކުރައްވައި، ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނެވެ.

އެމްޓީސީސީއާ ހަވާލުކުރެވިފައިވަނީ ހދ. ނެއްލައިދޫގައި 11,197,462.90 ރުފިޔާގެ އަގުގައި ސިއްހީ މަރުކަޒެއް އެޅުމާއި، ށ. މިލަންދޫގައި 110,878,732.12 ރުފިޔާގެ އަގުގައި ހޮސްޕިޓަލް އިމާރާތެއް އެޅުމާއި، ކ. ތުލުސްދޫގައި 110,716,537.72 ރުފިޔާގެ އަގުގައި ހޮސްޕިޓަލް އިމާރާތެއް އެޅުމާއި، އއ. ރަސްދޫ އަދި ގއ. ވިލިނގިލީގައި 185,571,402.42 ރުފިޔާގެ އަގުގައި ހޮސްޕިޓަލް އިމާރާތްތައް އެޅުމެވެ.

ފެނަކަ ކޯޕަރޭޝަނަށް ހަވާލުކޮށްފައިވަނީ ބ. ކުޑަރިކިލުގައި 7,641,116.64 ރުފިޔާގެ އަގުގައި ސިއްހީ މަރުކަޒެއް އެޅުމާއި، ގއ. ކޮންޑޭގައި 6,763,307.54 ރުފިޔާގެ އަގުގައި ސިއްހީ މަރުކަޒެއް އެޅުމާއި، ގދ. ނަޑެއްލާގައި 6,757,395.89 ރުފިޔާގެ އަގުގައި ސިއްހީ މަރުކަޒެއް އެޅުމެވެ.

އާރުޑީސީއާ ހަވާލުކޮށްފައިވަނީ ނ. ވެލިދޫގައި 108,322,537.03 ރުފިޔާގެ އަގުގައި ހޮސްޕިޓަލް އިމާރާތެއް އެޅުމާއި، އދ. ފެންފުށީގައި 26,839,684.82 ރުފިޔާގެ އަގުގައި ސިއްހީ މަރުކަޒެއް އެޅުމެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދިޔުމުގައި މައިގަނޑު ގޮތެއްގައި ސަރުކާރުގެ މި ތިން ކުންފުންޏަށް މަސައްކަތް ދެމުން އަންނަކަމެވެ. މިގޮތުން މީގެ ކުރިންވެސް ފުލުހުންގެ މަރުކަޒުތަކާއި، ސްކޫލުތަކާއި މިސްކިތްތައް އެޅުމުގެ މަޝްރޫޢުތައްވެސް މި ކުންފުނިތަކަށް ވަނީ ހަވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.