ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މާދަމާ ފަށަނީ

ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މާދަމާ ފަށަނީ

ގުޅުންހުރި

މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށް ގެންދަވާނެ ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

މިކަމަށްޓަކައި މާލޭގައި ހަމަޖެހިފައިވަނީ އިސްކަންދަރު ސްކޫލްގައި ކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ. މި ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް އިސްކަންދަރު ސްކޫލްގައެވެ.

ޒަކާތު ހައުސްއިން އިތުރަށް ވިދާޅުވީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޒަކާތް ބެހުމުގެ މަސައްކަތް ހުކުރު ދުވަހު ކުރިއަށްދާނީ މެންދުރު ފަހު 14:00 އިން ހަވީރު 16:30 އަށެވެ. އަދި ރޭގަނޑު 21:30 އިން 23:00 އަށެވެ.

ހޮނިހިރު ދުވަހު ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް، މެންދުރުފަހު 13:00 އިން 15:00 އަށް އަދި ހަވީރު 16:00 އިން 17:00 އަށް ކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.

މިއަހަރުގެ ފުރަތަމަ 20 ދުވަހު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވެފައިވެއެވެ. އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފިޠުރު ޒަކާތް ދައްކަންޖެހެނީ ފިޠުރު ޢީދަށް ދިޔުމުގެ ކުރިންނެވެ. ފިޠުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ