އައުޤާފް އިންވެސްޓްމަންޓްތައް ފުޅާކޮށް 2045 ވަނަ އަހަރާ ހަމައަށް އަހަރަކު 100 މިލިއަން ރުފިޔާ ހޯދުން އަމާޒަކަށް!

އައުޤާފް އިންވެސްޓްމަންޓްތައް ފުޅާކޮށް 2045 ވަނަ އަހަރާ ހަމައަށް އަހަރަކު 100 މިލިއަން ރުފިޔާ ހޯދުން އަމާޒަކަށް!

ގުޅުންހުރި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ ގޮތުން އައުޤާފް އިންވެސްޓްމަންޓްތައް ފުޅާކޮށް 2045 ވަނަ އަހަރާ ހަމައަށް އަހަރަކު މަދުވެގެން 100 މިލިއަން ރުފިޔާ ހޯދުމަށް އަމާޒުކޮށްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޙާފިޘުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ އައުޤާފް މަޝްރޫޢުތައް ފުޅާކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ރަމަޟާންމަހަށްފަހު އެފަދަ ދެ ބޮޑު މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުންދާކަމަށާއި، މި މަޝްރޫޢުތަކަށް ބީއެމްއެލް އިން ފައިނޭންސް ހަމަޖެހިފައިވާކަމަށް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވިގޮތުގައި، މި މަޝްރޫޢުތައް ފުރިހަމަވުމުން 2045 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު 12 މިލިއަން ރުފިޔާ އިސްލާމީ ވަޤުފު ފަންޑަށް ޖަމާވަމުންދާނެއެވެ. އަދި 2045 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރަކު 70 މިލިއަނެއްހާ ރުފިޔާ އިސްލާމީ ފަންޑަށް ވަންނާނެއެވެ.

"އަމާޒަކީ 2045 އަންނައިރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ދަޢުލަތުގެ ބަޖެޓަށް ބަރޯސާނުވެ މަދުވެގެން އަހަރަކު 100 މިލިޔަން ރުފިޔާއަށް އަރާވަރަށް އައުޤާފް އިންވެސްޓްމަންޓްތައް ފުޅަކުރުން. މިދައުރުގެ ތެރޭ އެކަން ހާސިލް ކުރެވޭނެ،" ވަޒީރު ވިދާޅުވިއެވެ.

މިހާރު މާލެއާއި ހުޅުމާލޭގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަސައްކަތްކުރަމުންދާއިރު، އަތޮޅުތެރޭގައިވެސް މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ނިންމާފައިވެއެވެ. އަދި މީގެ އިތުރުން ޒަކާތު ހައުސްގެ އިދާރާގެ ގޮތުގައި އިމާރާތެއް ހެދުމުގެ މަސައްކަތާއެކު، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް ޚާއްޞަ އިމާރާތެއް ތަރައްޤީކުރުމަށްވެސް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ