އައްޑޫ ސިޓީއަށް ދިމާވެފައިވާ ކާޅުގެ މައްސަލައަށް މިހަފްތާގައި ޙައްލެއް ލިބޭނެ: ރޮޒައިނާ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކާޅުގެ މައްސަލައަށް މިހަފްތާގައި ޙައްލެއް ލިބޭނެ: ރޮޒައިނާ

Author
މުޙައްމަދު ޖިމީ
10 އޮކްޓޯބަރ 2020 06:50
0

އައްޑޫ ސިޓީގައި ކާޅު ގިނަވުމުގެ ސަބަބުން އެ ސިޓީގައި އުޅޭ ދޮންދީނި އާއިލާ ނެތި ދިއުމުގެ ބިރު އޮތުމުން ކާޅުގެ މައްސަލައަށް މިހަފްތާގައި ޙަލެއް ގެނެވޭނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިން އާދަމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގައި ކާޅު ގިނަވުމުގެ ސަބަބުން، ރާއްޖޭގައި ވަރަށް މަދުން އުޅޭ ބާވަތެއްކަމަށްވާ ދޮން ދީނީގެ އާއިލާ ނެތި ދިއުމުގެ ބިރު ހީވެފައިވުމުން އެކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އަދި ކާޅު ގިނަވުމުގެ ސަބަބުން ދޮންދީނި ނެތި ހިނގައިދާނެކަމުގެ ކަންބޮޑުވުން އައްޑޫސިޓީގެ ރައްޔިތުންވެސް ދަނީ ފާޅުކުރަމުންނެވެ. އެކަން އައްޑޫސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. އަދި ކާޅު މެރުމުގެ ހުއްދަ އެވްޔަރަމަންޓް މިނިސްޓްރީން ވަނީ އައްޑޫ ސިޓީކައުންސިލަށްވެސް ދީފައެވެ.

Dhondheeni/Kaalhu status update:Pest eh gothuga kaalhu maranya fisheries ministry in huhdha dheyn jehey kamah vaathee…

Posted by Rozaina Adam on Friday, 9 October 2020

މިމައްސަލައާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފޭސްބުކްގައ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕެސްޓެއްގެ ގޮތުގައި ކާޅު މަރާކަމުގައިވާނަމަ ފިޝަރިޒް މިނިސްޓްރީން ހުއްދަ ދޭންޖެހޭކަމަކަށްވާތީ އެކަން އައްޑޫ ސިޓީކައުންސިލްގެ ފަރާތުން ފިޝަރިޒް މިނިސްޓްރީއަށް ހުށައަޅައި ހޯދުމަށް ހުށައަޅާފައިވާކަމަށެވެ.

އަޅުގަނޑަށް މިނިސްޓަރ ޒަހާ ޔަޤީންކަންދެއްވި އާދީއްތަދުވަހުގަ ހުއްދަ ދެއްވާނެކަމަށް. މިނިސްޓަރ މާރިޔާ އަޅުގަނޑަށް މަޢުލޫމާތު ދެއްވީ އެހުއްދައާއެކު އެމްއެންޑީއެފް އަށް ކައުންސިލުން ހުށައެޅުމުން އެމްއެންޑީއެފް އަށް ކާޅު މަރާދެވޭނީ.

– ރޮޒައިނާ

އެހެންކަމުން އަންނަ ހަފްތާ ނިމެންވާއިރަށް މިމައްސަލައަށް ޙައްލެއް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ދޮންދީންޏަކީ ރާއްޖޭގައި ހަމައެކަނި އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގައި އުޅޭކަމަށް މަޝްހޫރު ދޫންޏެކެވެ. އާންމު ގޮތެއްގައި މިދޫނި ދިރިއުޅެނީ ޓްރޮޕިކަލް ސަރަހައްދުތަކުގައެވެ. ދޮންދީންޏަކީ ރާއްޖޭގެ ދެކުނުގެ ރަށްތަކުގައި ދިރިއުޅޭ އަދި އާބާދީ މަދު ދޫންޏަކަށް ވާތީ، އެދޫނި ހިފުމާއި ކޮށީގައި ބަންދުކޮށްގެން ގެންގުޅުމާއި އެދޫނި ދިރިއުޅޭ މާހައުލަށް ގެއްލުން ދިނުން މަނާކޮށް އެދޫނި ވަނީ ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ ލިސްޓުގައި ހިމަނާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.