އއ. ރަސްދޫގައި ދެމަފިރިން ފިހުނު ހާދިސާ ފުލުހުން ތަޙުޤީޤުކުރަން ފަށައިފި

އއ. ރަސްދޫގައި ދެމަފިރިން ފިހުނު ހާދިސާ ފުލުހުން ތަޙުޤީޤުކުރަން ފަށައިފި

ގުޅުންހުރި

އއ. ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެމަފިރިއަކު ބޮޑަށް ފިހި، ސީރިއަސް ހާލަތެއްގައި ފަރުވާދިނުމަށް މާލެ ގެނެވުނު މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުންގެ މަޢުލޫމާތުން އެނގޭގޮތުގައި، ރޭ 11:15 ގައި ރަސްދޫގެ ގެއެއްގައި އަލިފާން ރޯވި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރެވުނެވެ. މި ހާދިސާގައި ފިހިގެން ޒަޙަމްވި ދެމަފިރިން ފަރުވާދިނުމަށްޓަކައި މާލެ ގެނެވިފައިވާ ކަމަށާއި، މައްސަލަ މިހާރު ފުލުހުން ތަޙުޤީޤުކުރަމުންދާ ކަމަށް ފުލުހުންގެ ފަރާތުން ހާމަކުރިއެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފުސީލު ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ދުށް ފަރާތަކުން "ދިޔަރެސް" އަށް މަޢުލޫމާތު ދިންގޮތުގައި، ހާދިސާގައި އެންމެ ބޮޑަށް ފިހިފައިވަނީ އަންހެން މީހާއެވެ. އޭނާގެ ހަށިގަނޑުގެ 90 އިންސައްތަ ވަރު ފިހިފައިވާ ކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ.

"ދިޔަރެސް" އަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ދެއްވި މަޢުލޫމާތުގައި ވިދާޅުވީ، ފިހިގެން ހޮސްޕިޓަލަށް ގެނެވިފައިވަނީ 31 އަހަރުގެ އަންހެނަކާއި ފިރިހެނެއްކަމަށެވެ. އަދި ދެމަފިރިންގެ ހާލަތު ސީރިއަސްކަމަށާއި، މިވަގުތު ދެމީހުންވެސް ވެންޓިލޭޓަރގައި ބަހައްޓާފައިވާ ކަމަށް ވެސް އެ އޮފިޝަލް ހާމަކުރެއްވިއެވެ.

މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން ހާމަކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ