ރަސްމީ އީދު ދުވަހަށް ވުން ގާތީ އާދީއްތަ ދުވަސް: މައުމޫން

ރަސްމީ އީދު ދުވަހަށް ވުން ގާތީ އާދީއްތަ ދުވަސް: މައުމޫން

ގުޅުންހުރި

މި އަހަރުގެ ފިތުރު އީދު ދުވަސް އާދީއްތަ ދުވަހަށް ކަނޑައެޅިގެން ދިއުމަކީ ވަރަށް ބޮޑަށް ބެލެވޭ ކަމެއް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މައުމޫން ފާހަގަކުރެއްވި ގޮތުގައި، ސައޫދީ އަރަބިއްޔާ، މިސްރު، ތުރުކީ އަދި މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކުގައި މާޗު 29 ވަނަ ދުވަހު، ހޮނިހިރު ދުވަހު، އިރުއޮއްސުމަށްފަހު ހަނދު 8 މިނެޓާއި 20 މިނެޓާ ދެމެދުގެ ވަގުތަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.

މިހެންވުމާއެކު، މައުމޫން ވިދާޅުވީ މާޗު 30 ވަނަ ދުވަސް، އާދީއްތަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ވާނެކަމަށް ވަރަށް ބޮޑަށް ޔަޤީންކުރެވޭ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ މާޗު 29، ހޮނިހިރު ދުވަހަކީ ރަމަޟާން މަހުގެ އެންމެ ފަހު ދުވަސް ކަމަށް ވާނެކަމަށް ލަފާ ކުރެވޭ ކަމުގައެވެ.

ރައީސް މައުމޫނަކީ ފަލަކީ އިލްމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރި ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ