ޑަޔަލިސިސްގެ ޚިދުމަތް ނ. ވެލިދޫގައި ތަޢާރަފުކުރަނީ

ޑަޔަލިސިސްގެ ޚިދުމަތް ނ. ވެލިދޫގައި ތަޢާރަފުކުރަނީ

Author
ހުސައިން
25 މާރޗް 2025 03:39
0

ކުރިއަށް އޮތް މަހު ނ. އަތޮޅު ވެލިދޫގައި ޑަޔަލިސިސްގެ ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، ޑަޔަލިސިސްގެ ޚިދުމަތް އެންމެ އަވަހަށް ފެށިގެންދާނެ އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން އެއް ރަށަކީ ނ. ވެލިދޫ ކަމަށެވެ.

ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު ޑަޔަލިސިސްގެ ޚިދުމަތް ގަވާއިދުން ހޯދަން ޖެހެއެވެ. މި ފަރުވާ ހޯދުމަށް ރަށުން ބޭރަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ޚަރަދުތައް ކުރަން ޖެހެއެވެ.

ހެލްތު މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރަށްރަށުގައި މި ޚިދުމަތް ތަޢާރަފުކުރުމަކީ ރައްޔިތުންގެ މާލީ ބުރަ ކުޑަކުރުމަށާއި ޞިއްޙީ ފަރުވާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމެކެވެ.

ސަރުކާރުގެ އަމާޒަކީ ޞިއްޙީ ޚިދުމަތްތައް ލިބިގަތުމުގައި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.