ގޭގައި ރޯވެ، ރަސްދޫގެ ދެމަފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެ

ގޭގައި ރޯވެ، ރަސްދޫގެ ދެމަފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެ

Author
ހުސައިން
25 މާރޗް 2025 12:42
0

ރަސްދޫގައި ދިރިއުޅޭ ދެމަފިރިންގެ ގޭގައި ހޯމަ ދުވަހު ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި، އެ ދެމަފިރިންނަށް ވަނީ ބޮޑެތި ހާނީއްކަތައް ލިބިފައެވެ.

އަލިފާނުގެ ހާދިސާއަށްފަހު އެ ދެމަފިރިން ވަނީ ވަގުތުން މާލެ ގެނެސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދެމުންނެވެ.

ހޮސްޕިޓަލްގެ ތަރުޖަމާނެއް ސަން އޮންލައިނަށް މަޢުލޫމާތު ދެއްވިގޮތުގައި، އެ ދެމީހުންނަށް ވަނީ އިމަޖެންސީ ރޫމްގައި ފަރުވާދެމުންނެވެ. އަދި ދެމީހުންގެ ޙާލަތު ވަނީ ސީރިއަސް ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.

ހޯމަ ދުވަހު ރޭ ގާތްގަނޑަކަށް 11:15 ހާއިރު، މި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންނަށް ރިޕޯޓްކުރެވުނެވެ. އަދި މިހާރު ފުލުހުން ވަނީ މި މައްސަލަ ތަޙްޤީޤުކުރަން ފަށާފައެވެ.

ރަށުގެ އެއް ރައްޔިތަކު ސަން އޮންލައިނަށް ހާމަކުރި ގޮތުގައި، މި އަލިފާނުގެ ހާދިސާ ފެށިފައިވަނީ އެ ދެމަފިރިންގެ ގޭގެ ކޮޓަރިތަކުގެ ތެރެއިން އެއް ކޮޓަރިންނެވެ. އަދި އެ ދެމީހުންގެ ހަށިގަނޑުގެ ގިނަ ބަޔަށް އަނވާ ލިބިފައިވާ ކަމަށްވެސް އެފަރާތުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.