ދަތުރުވެރިން ރޯދަ ދޫކޮށްލުމަކީ ހުއްދަ ކަމެއްތަ؟

ދަތުރުވެރިން ރޯދަ ދޫކޮށްލުމަކީ ހުއްދަ ކަމެއްތަ؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
25 މާރޗް 2025 08:57
0

ރޯދަވީއްލުމަށް ޢުޛުރު ހޯދުމުގެ ބޭނުމުގައި ނޫންގޮތަކަށް ދަތުރު ކުރާ މީހުން: ދަތުރުވެރިޔާގެ ދަތުރުގެ ބޭނުމަކީ ރަމަޟާން މަހު ރޯދަ ނުހިފުން ކަމަށްވަނީނަމަ، އެއީ އޭނާ އަށް ކުރެވޭ ވަރަށް ބޮޑު ޙަރާމް ކަމެކެވެ. އަދި އޭނާ ރޯދަވީއްލުން ޙަރާމްވާނެއެވެ. އަދި ރޯދަހިފުން ވާޖިބުވާނެއެވެ.

ދަތުރު ކުރާ މީހުން: ދަތުރުވެރިޔާގެ ދަތުރުގެ ބޭނުމަކީ ރަމަޟާން މަހު ރޯދަ ނުހިފުން ނޫން ކަމަށްވަނީނަމަ، އެފަދަ މީހަކު ރޯދަ ހިފުމާއި ދޫކޮށްލުން ހަމަހަމަވެގެން ވެއެވެ. އެއީ ކުއްލި އަކަށް ތަނަކަށް ދާން ޖެހުނުނަމަވެސް ނުވަތަ ވަޡީފާގެ ގޮތުން ގިނަވަގުތު ދަތުރު ކުރާމީހެއްވިޔަސްވެސް އެވެ. ސޫރަތުލް ބަގަރާގެ 186 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ   ) މާނައަކީ: "އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ."

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.