ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުން އިސްކަންދަރު ސްކޫލަށް ބަދަލުކޮށްފި

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުން އިސްކަންދަރު ސްކޫލަށް ބަދަލުކޮށްފި

ގުޅުންހުރި

1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް ގޮވާމުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ތަން މަޖީދިއްޔާ ސްކޫލުން އިސްކަންދަރު ސްކޫލަށް ބަދަލުކޮށްފިއެވެ. މިކަން މިގޮތަށް ބަދަލުކުރި ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވަނީ އިއުލާނު ކޮށްފައެވެ.

ޒަކާތު ހައުސްއިން މިކަން އިއުލާނު ކުރުމާއެކު، ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މި މަހުގެ 22 ވާ ހޮނިހިރު ދުވަހުން ފެށިގެން 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވެއެވެ. މި މުއްދަތުގައި ކޮންމެ ދުވަހެއްގެ މެންދުރު 13:00 އިން ހަވީރު 16:00 އަށް އިސްކަންދަރު ސްކޫލުން ގޮވާމުގެ ގޮތުގައި ފިޠުރު ޒަކާތް ބަލައިގަންނަމުންދާނެއެވެ.

މާލޭ ސަރަހައްދުގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުން ކުރިން ހަމަޖައްސާފައިވަނީ މަޖީދިއްޔާ ސްކޫލުގައެވެ. އެހެންނަމަވެސް މިހާރު އެ އިންތިޒާމް އިސްކަންދަރު ސްކޫލަށް ވަނީ ބަދަލުކޮށްފައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގޮވާމުގެ ގޮތުގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ޒަކާތު ހައުސްއިން ހަމަޖައްސައެވެ. މިއީ ފިޠުރު ޒަކާތް ދެއްކުމަށް ގިނަ ބަޔަކު އިޚްތިޔާރުކުރާ ގޮތެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކުގެ ތެރޭގައި އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ