ވައިގެ މަގުން އެތެރެކުރަން މަސައްކަތް ކުރި 2,062 ވޭޕިންގް އައިޓަމްތަކެއް ހިފަހައްޓައިފި

ވައިގެ މަގުން އެތެރެކުރަން މަސައްކަތް ކުރި 2,062 ވޭޕިންގް އައިޓަމްތަކެއް ހިފަހައްޓައިފި

Author
ހުސައިން
19 މާރޗް 2025 01:14
0

ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން މަސައްކަތް ކުރި 2,062 ވޭޕިންގް އައިޓަމްތަކެއް މޯލްޑިވްސް ކަސްޓަމްސްއިން ހިފަހައްޓާއިފިއެވެ.

ކަސްޓަމްސްއިން ބުނާ ގޮތުގައި، މި ތަކެތި ވަނީ އަންގާރަ ދުވަހު މެލޭޝިއާއިން ރާއްޖެއަށް އައި ތިން ފަސިންޖަރުންގެ ދަބަހުގައި ފޮރުވާފައެވެ.

ހިފެހެއްޓުނު ތަކެތީގެ ތެރޭގައި 1,714 ނެނޯ ސްޓިކް، 200 ޓެރެއާ ސްޓިކް، 96 ކެލިބަރން ކާޓްރިޖް، 50 ވީ-މޭޓް ކާޓްރިޖް، އަދި ވޭޕިންގް ފްލޭވަރ ލިކުއިޑް ފުޅިތައް ހިމެނެއެވެ.

މި މައްސަލައަކީ ކަސްޓަމްސްއިން އިތުރަށް ތަޙުޤީޤުކުރަމުންދާ މައްސަލައެކެވެ.

މީގެކުރިން މި ރަމަޟާން މަހު ވަނީ ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި 400 ވޭޕިންގް ޑިވައިސް ހިފަހައްޓާފައެވެ.

ރާއްޖެގައި ވޭޕިންގް ޑިވައިސްތަކާއި އީ-ސިގިރެޓް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ދޫކުރުމާއި، ބޭނުންކުރުން މަނާކުރުން ވަނީ 15 ޑިސެމްބަރ 2024 ގައި ތަންފީޒުކޮށްފައެވެ. މި މަނާކުރުމާއެކު ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ:

  • ވޭޕް ބޭނުންކުރުމަށް 5,000 ރުފިޔާ
  • ވޭޕް ވިއްކުމަށް 20,000 ރުފިޔާ
  • ވިއްކާ ކޮންމެ ވޭޕިންގް ޑިވައިސްއަކަށް 10,000 ރުފިޔާ
  • ވޭޕް ހިލޭ ބެހުމަށް 10,000 ރުފިޔާ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.