މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، ބައިބަލާ ކުޅޭ ދަނޑެއް ހަދައިފި

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، ބައިބަލާ ކުޅޭ ދަނޑެއް ހަދައިފި

ގުޅުންހުރި

މާލެ، 18 މާރޗް 2025 – މާފަންނު ސަހަރާގައި ހުރި ގަބުރުތައް ނަގައި އެ ސަރަހައްދު ހުސްކުރުމަށްފަހު، އެ ބިމުގައި ބައިބަލާ ކުޅޭ ދަނޑެއް ތައްޔާރުކޮށްފިއެވެ.

ދިވެހި ތާރީޚު ދިރާސާކުރައްވާ ނާޖިހު ދީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާފަންނު ސަހަރާގައި ހުރި ގާތްތިމާގެ މީހުންގެ ގަބުރުތައް އެއްވެސް ކަހަލަ ގަދަރަކާއި އިހްތިރާމެއް ނެތި ނަގައި އެއްލާލުމަށްފަހު، އެތަނުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ ބެލުމުގެ ދަށުން ބައިބަލާ ކުޅޭ މައިދާނެއް ތައްޔާރުކުރަމުންދާ ކަމަށެވެ. މި ޕޯސްޓާއެކު، އޭނާ ވަނީ އެ ސަރަހައްދުގައި ބައިބަލާ މައިދާނެއް ހަދާފައިވާ މަންޒަރު ފެންނަ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ.

90ގެ އަހަރުތަކުގެ ފަހުކޮޅުގައި މާލޭގެ ހަތަރު އަވަށުގައި މީހުން ވަޅުލަމުން ދިޔަ ގަބުރުސްތާނުތަކުގައި މީހުން ވަޅުލުން ހުއްޓާލުމަށްފަހު، އާ ސަހަރާގައި މީހުން ވަޅުލަން ފެށުނެވެ. މާފަންނު ސަހަރާއަކީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ބައެއް އާންމުން ވަޅުލާފައިވާ ސަހަރާވެސް މެއެވެ.

މި މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ރަސްމީ ބަޔާނެއް މިހާތަނަށް ލިބިފައިނުވިނަމަވެސް، ލިބިފައިވާ މަޢުލޫމާތުން ދައްކާގޮތުގައި މި ސަރަހައްދު ތައްޔާރުކުރަމުންދަނީ ކުރިއަށް އޮތް ފިޠުރު އީދުގައި ބޭއްވުމަށް ރާވާފައިވާ ބައިބަލާ މުބާރާތަށް ކަމަށް ބެލެވެއެވެ.

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ބިން އެއްކޮށް ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އޭރު މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ސަހަރާގެ 36،153 އަކަފޫޓުގެ ސަރަހައްދެއް ހުސްކޮށް، އެ ބިމުގައި ޕާކިން ބިލްޑިންގއެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ