އިންޑިޔާގައި ބޭއްވޭ ރައިސީނާ ޑައިލޮގްގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަތުމަށް އިންޑިޔާއަށް

އިންޑިޔާގައި ބޭއްވޭ ރައިސީނާ ޑައިލޮގްގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަތުމަށް އިންޑިޔާއަށް

ގުޅުންހުރި

މިއަހަރުގެ "ރައިސީނާ ޑައިލޮގް" ގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އިންޑިއާއަށް ވަޑައިގަތުމަށް ފަހު، އެ ކޮންފަރެންސްގެ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް ޖައިޖަންކަރުއާ ބައްދަލުކުރައްވާ، އަދި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ އެހެނިހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އިސްވެރިންނާވެސް ބައްދަލުކުރައްވާނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިފްތިތާޙުކުރައްވާ ރައިސިނާ ޑަޔަލޮގްގެ 10 ވަނަ އެޑިޝަން ކުރިއަށްދާނީ މިމަހުގެ 17 އިން 19 އަށް އިންޑިއާގައެވެ. މި ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި މިއަހަރު ބައިވެރިވެވަޑައިގަންނަވަނީ ނިއުޒީލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަންއެވެ.

ޚާރިޖީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، "ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިޒް ގެސްޕިންގް"ގެ ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ބައިވެރިވެވަޑައިގަންނަވާ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާއި، ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ މާލީ އެހީތެރިކަން ހަރުދަނާކުރުމުގެ މައްޗަށް އަލިއަޅުވާލައްވާނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރައިސީނާ ޑަޔަލޮގަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ