މާލެ އިން ޒުވާން އަންހެނަކު ގެއްލިގެން ހޯދަނީ

މާލެ އިން ޒުވާން އަންހެނަކު ގެއްލިގެން ހޯދަނީ

Author
ހުސެއިން
13 މާރޗް 2025 04:07
0

މާލެ އިން ޒުވާން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ހޯދަނީ ހ. ބްލޫ ލޫން ޙައްވާ ޙަސަން، 31، ކަމަށެވެ.

ފުލުހުން ބުނީ ޙައްވަ ގެއިން ދިޔަ ގޮތަށް ޚަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅީ މި މަހުގެ 8 ގައި ކަމަށެވެ. އެގޮތުން އޭނަ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ ޙައްވާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.

މީގެ ދެ ދުވަސް ކުރިން މާލެ އިން ފިރިހެނަކު ގެއްލިގެން ވެސް ފުލުހުން އިއުލާންކުރި އެވެ. އެއީ ނ. މަނަދޫ، ރީހުއްސަބާ، އަބްދުﷲ ޝިހާދު، 37، އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.