ވަކިކުރުމުގެ މައްސަލަ ކުރިޔަށް ދަނިކޮށް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން އިސްތިއުފާދެއްވައިފި

ވަކިކުރުމުގެ މައްސަލަ ކުރިޔަށް ދަނިކޮށް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން އިސްތިއުފާދެއްވައިފި

Author
ހުސައިން
11 މާރޗް 2025 05:19
0

މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު)އެވެ.

އިއްޔެ ބޭއްވުނު ބައްދަލުވުމުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ވަނީ ސީއެސްސީގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކޮށްފައެވެ.

އިބްރާހިމް ރަޝީދު ސީއެސްސީގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކޮށްފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 3 ވަނަ ދުވަހުއެވެ.

އިބްރާހިމް ރަޝީދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ސީއެސްސީއިން ވަނީ އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.