ސަރުކާރުން 65 ރަށެއްގައި ސިއްޙީ ޚިދުމަތްދޭ ތަންތަން އަޕްގްރޭޑްކުރަނީ

ސަރުކާރުން 65 ރަށެއްގައި ސިއްޙީ ޚިދުމަތްދޭ ތަންތަން އަޕްގްރޭޑްކުރަނީ

ގުޅުންހުރި

ރާއްޖޭގެ 65 ރަށެއްގައި ސިއްޙީ ޚިދުމަތްދޭ އިމާރާތްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ސަރުކާރުން ނިންމައިފިއެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޤާސިމް ވިދާޅުވިގޮތުގައި، މި މަޝްރޫޢުގެ ދަށުން 36 ރަށެއްގައި އައު ސިއްޙީ މަރުކަޒު އިމާރާތްކުރެވޭނެއެވެ. އަދި 29 ރަށެއްގައި ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.

ސްޓޭޓް މިނިސްޓަރު އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ވިދާޅުވީ، މި މަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަރުހަލާ މިހާރު ފަށައިފައިވާ ކަމަށެވެ. މީގެއިތުރުން، ބައެއް ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭނެއެވެ.

ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވިގޮތުގައި، މިހާރުވެސް ތިން ހޮސްޕިޓަލެއް ޓާރޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށާއި، ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި މި ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކުން ލިބެން ފަށާނެ ކަމަށް އުންމީދުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ