ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް، އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރުމުގެ މަރުހަލާ ފެށުމަށް އެ މައްސަލަ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަރުހަލާ ފަށަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ މިއަދު ބޭއްވި ބައްދަލުވުމުގައެވެ. ގިނަ ވަގުތު އަޑު ކަނޑާލައިގެން 10 ވަރަކަށް މިނެޓަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ފިޔަވައި އެހެން ހުރިހާ މެންބަރުން އެގޮތަށް ފާސްކުރުމަށް ވޯޓު ދެއްވިއެވެ.
މައިކު ކަނޑާލައިގެން ބައްދަލުވުން ގިނަ ވަގުތު ކުރިއަށް ގެންދިޔުމުން، އިބްރާހިމް ރަޝީދު ވަކިކުރާ ސީދާ ސަބަބު ސާފެއް ނުވެއެވެ. ނަމަވެސް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު އަދަދު ނޫހަށް ވިދާޅުވީ އޭނާ ވަކި ކުރަން ފާސްކުރީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެ ކޮމިޓީއަށް ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން ކަމަށެވެ.
އެ ސިޓީގައި އިބްރާހިމް ރަޝީދުއާ ގުޅޭ ގިނަ ޝަކުވާތަކެއް ހުރި ކަމަށް އެ މެންބަރު ވިދާޅުވިއެވެ. ނަމަވެސް އެ ޝަކުވާތަކުގެ ތަފުސީލެއް މިވަގުތަށް ލިބިފައެއް ނެތެވެ.
ކޮމެންޓު ފޮނުވާ