މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ޒިޔާރަތްކުރުމުގެ ވަގުތުތައް އިތުރުކޮށްފި

މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ޒިޔާރަތްކުރުމުގެ ވަގުތުތައް އިތުރުކޮށްފި

Author
ހުސައިން
10 މާރޗް 2025 08:05
0

މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރެވޭ ވަގުތުތައް އިތުރުކޮށްފިއެވެ.

އައިޖީއެމްއެޗުން އިޢުލާންކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ އައިސީޔޫއާއި ސީސީޔޫ ފިޔަވައި އެހެނިހެން ހުރިހާ ވޯޑުތަކުގައި އެނދުމަތިކޮށްފައިވާ ބަލިމީހުންނަށެވެ. މި ބަދަލުތައް މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ދެމިއޮންނާނެކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

އާންމު އުސޫލެއްގެ ގޮތުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބަލިމީހުންނަށް ޒިޔާރަތްކުރުމަށް ކަނޑައެޅިފައިވަނީ ހަވީރު 5:00 އިން 8:00 އަށެވެ. އެހެންނަމަވެސް، އެކި ހާލަތްތަކާ ގުޅިގެން މި ގަޑިތަކަށް ބަދަލުގެނެވޭކަން ފާހަގަކުރެވެއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލްތައް ކަމުގައިވާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް، ވިލިމާލޭ ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލް ހިންގަމުން ގެންދަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުންނެވެ. އައިޖީއެމްއެޗަކީ މި ސަރަޙައްދުގައި ކޮންމެ ދުވަހަކު އެންމެ ގިނަ އަދަދެއްގެ މީހުން ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.