ކޮވިޑް ޕީސީއާރު ޓެސްޓާ ގުޅޭ ކޮރަޕްޝަން މައްސަލަ އަލުން ބަލަން ފަށައިފި

ކޮވިޑް ޕީސީއާރު ޓެސްޓާ ގުޅޭ ކޮރަޕްޝަން މައްސަލަ އަލުން ބަލަން ފަށައިފި

ގުޅުންހުރި

ކޮވިޑްގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗުގެ ލެބޯޓަރީ ބޭނުންކޮށްގެން އެ ތަނުގެ އޭރުގެ އިސްވެރިން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލާގައި އިތުރު ތަހުގީގެއް އަލުން ފަށައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އަންގަވައިގެން އަލުން ފެށި ތަހުގީގު ހިންގަނީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ފުލުހުން ގުޅިގެން ހިންގާ "ޖޮއިންޓް އިންވެސްޓިގޭޝަން" ގެ ގޮތުގައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ ޑރ. އަލީ ލަތީފާއި އައިޖީއެމްއެޗްގެ އޭރުގެ ސީއީއޯ އަހުމަދު ސަލީމް (ކުޑަަބަންދޭ) އަދި އައިޖީއެމްއެޗުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލްމުހުސިންގެ މައްޗަށެވެ.

އޭސީސީން މިދިޔަ އަހަރުގެ އޮގަސްޓްމަހު ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާއިރު، މި ތިން މީހުންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދިފައިވެއެވެ.

އޭސީސީގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި މި ތިން މީހުން ނާޖާއިޒު މަންފާ ހޯދައިދީފައިވަނީ "އާރުއެމްއެލްއެސް ލެބް ސާވިސަސް" އަށެވެ. އަދި އެ ކުންފުނި މެދުވެރިކޮށް އަލީ ލަތީފު މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަން ފުލުހުންނަށް ވެސް ވަނީ ފޮނުވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ