ހާފިޒުކަމުގެ ސަނަދު އެމްއެންކިއުއެފް ލެވަލް 4 ގެ ގޮތުގައި ބަލައިގަންނަން ނިންމައިފި

ހާފިޒުކަމުގެ ސަނަދު އެމްއެންކިއުއެފް ލެވަލް 4 ގެ ގޮތުގައި ބަލައިގަންނަން ނިންމައިފި

ގުޅުންހުރި

މާލެ، 9 މާރިޗު 2025 – ހާފިޒުކަމުގެ ސަނަދު އެމްއެންކިއުއެފް ލެވަލް ހަތަރެއްގެ ސަނަދެއްގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން އިއުލާން ކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އެމްކިޔުއޭއިން ނެރުނު އިއުލާނުގައި، ހާފިޒުކަމުގެ ސަނަދު ލެވަލް ހަތަރެއްގެ ސަނަދެއްގެ ގޮތުގައި ބަލައިގަންނާނީ ދެ ޝަރުތެއް ފުރިހަމަވެގެން ކަމަށް ބަޔާންކޮށްފައިވެއެވެ.

އެއީ، ލޯވާ ސެކަންޑަރީ ސެޓްފިކެޓް ފުރިހަމަކޮށްފައިވުމާއެކު މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކް (އެމްއެންކިއުއެފް) ލެވެލް ތިނެއްގެ ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވުން، ނުވަތަ 18 އަހަރު ފުރިހަމަވުމާއެކު އެއް އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކް ލެވެލް ތިނެއްގެ ކޮލިފިކޭޝަނެއް ހާސިލްކޮށްފައިވުމެވެ.

އެމްކިޔުއޭގެ އިއުލާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ހާފިޒުކަމުގެ ސަނަދު ގިންތި ކުރުމަށްޓަކައި ހުށަހަޅާނީ، ސަނަދު ވެލިޑޭޓް ކުރުމަށް ހުށަހަޅާ ފޯމުގެ ޒަރީއާއިން، އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާ އެކުގައި ކަމަށެވެ.

މި ނިންމުމަކީ ހާފިޒުންގެ ތަޢުލީމީ ފެންވަރު ރަސްމީ ގޮތުން ބަލައިގަތުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ދީނީ ދާއިރާގެ މާހިރުން ފާހަގަކުރައްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ