ކޮމަންވެލްތު ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީން ކުއިޒެއް ބާއްވަނީ

ކޮމަންވެލްތު ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީން ކުއިޒެއް ބާއްވަނީ

Author
ހުސައިން
09 މާރޗް 2025 10:18
0

ކޮމަންވެލްތު ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ޚާއްޞަ ކުއިޒެއް ބޭއްވުމަށް ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ކުއިޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ 10 މާރިޗު 2025 ވަނަ ދުވަހު ސޯޝަލް ސެންޓަރުގައެވެ. މި ކުއިޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ހުރިހާ ފަރާތްތަކަށެވެ.

މިނިސްޓްރީން އިތުރަށް ވިދާޅުވެފައިވަނީ ކުއިޒުގައި ބައިވެރިވާ ފަރާތްތަކަށް އިނާމުތަކެއް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި ކުއިޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހިލޭ ބައިވެރިވެވޭނެއެވެ.

ކޮމަންވެލްތަކީ ތަފާތު ސަގާފަތްތަކާއި، އިޤްތިޞާދީ ކުރިއެރުންތައް އެކި މިންވަރަށް ހޯދާފައިވާ ޤައުމުތަކާއި، އިޖްތިމާޢީގޮތުން ވެސް ތަފާތު އެތައް ކަމެއް ހިމެނޭ ޤައުމުތަކުގެ މީހުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމަށް މަގުފަހިކޮށްދޭ ޖަމާޢަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.