ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ އިޤްތިޞާދުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ އިޤްތިޞާދުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

ގުޅުންހުރި

ރޯދަމަހުގެ ފުރަތަމަ ހަފްތާގައި މާލެއާއި ހުޅުމާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާތީ، ކަރަންޓް އިޤްތިޞާދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯއިން މިރޭ ހިއްސާކުރި ގްރާފުން ދައްކައިދޭ ގޮތުގައި، ރޯދަމަހުގައި ވަކި ގަޑިތަކެއްގައި ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑުތަން އިތުރުވެއެވެ. ކަރަންޓް ބޭނުންކުރުމުގައި ގިނަވަގުތު އެއް ޕެޓާނަކަށް ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 އާ ހަމައަށް ކަރަންޓް ބޭނުންކުރާ މިންވަރު ދަށްވެފައިވާއިރު، ހެނދުނު 6:00 އިން 9:00 އަށް އެއް ހަމައެއްގައި ކަރަންޓް ބޭނުންކުރުން މަތިވެފައިވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި ހެނދުނު 9:00 އިން މެންދުރު 1:00 އާ ހަމައަށް، ހޫނު ގަދަވުމާއި އޮފީސް ގަޑިއަށްވުމާއެކު ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަން ފާހަގަކޮށްފައިވެއެވެ.

ރޯދަމަހަށްވުމާއެކު މެންދުރު 1:00 އިން ހަވީރު 4:00 އާ ހަމައަށް، ބަދިގޭ އެޕްލަޔަންސްތައް ގިނައިން ބޭނުންކުރުމުގެ ސަބަބުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާކަން ފާހަގަކޮށްފައިވާއިރު، ހަވީރު 4:00 އިން ރޭގަނޑު 7:00 އާ ހަމައަށް ކަރަންޓް ބޭނުންކުރާ މިންވަރު ދަށްވެއެވެ. ނަމަވެސް ދަންވަރު 12:00 އާ ހަމައަށް މެންދުރުގެ ލޯޑާ އެއްވަރެއްގައި ކަރަންޓް ބޭނުންކުރަމުންދާކަން ވެސް ފާހަގަކުރެވޭކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

"އެހެން ކަމުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުކަމަށް ފާހަގަ ކުރެވިފައި މިވާ ގަޑިތަކުގައި ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަން،" ސްޓެލްކޯ އިން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ