މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު ރޯދަމަހުގައި ބޮޑުތަނުން އިތުރުވެއްޖެ

މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު ރޯދަމަހުގައި ބޮޑުތަނުން އިތުރުވެއްޖެ

Author
ހުސައިން
05 މާރޗް 2025 08:42
0

މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު ރޯދަމަހުގައި ބޮޑުތަނުން އިތުރުވެއްޖެއެވެ. ސްޓެލްކޯއިން ހާމަކުރިގޮތުގައި މޫސުން ރަނގަޅުވުމާއެކު، ރޯދަމަހުގެ ފުރަތަމަ ފަހަރަށް މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު 92 މެގަވޮޓް ފަހަނަޅާފައިވެއެވެ.

ސްޓެލްކޯއިން ފާހަގަކުރިގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރަށް އުފުލޭނެކަމަށް ލަފާކުރެވެއެވެ. އެހެންކަމުން، ކަރަންޓު އިޤްތިޞާދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކަރަންޓު ކަނޑަން ނުޖެހޭ މިންވަރަށް ސްޓެލްކޯއިން ރޯދަމަހަށް ތައްޔާރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، މިއަހަރުގެ ރޯދަމަހުގެ ކަރަންޓު ބިލުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

"ރޯދަމަހުގައި ކަރަންޓު ޚަރަދުކުރުމުގައި ޒިންމާދާރުވުމަށް އަޅުގަނޑުމެން އާންމުންނަށް ގޮވާލަން. ކަރަންޓު އަޅާނުލާ ދޫކޮށްލެވިފައި ހުންނަ ވަގުތުތަކުގައި ކަރަންޓު ބޭނުންކުރާ ތަކެތި ނިއްވާލުން މުހިންމު" ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.