މިދިޔަ އަހަރު އެންމެ ގިނައިން ދައުވާކުރީ މަސްތުވާތަކެތީގެ މައްސަލަތަކުގައި

މިދިޔަ އަހަރު އެންމެ ގިނައިން ދައުވާކުރީ މަސްތުވާތަކެތީގެ މައްސަލަތަކުގައި

Author
ހުސައިން
01 މާރޗް 2025 09:51
0

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު އެންމެ ގިނައިން ދައުވާކުރެވިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު ހުސްވި އަހަރު 133 ބާވަތެއްގެ މައްސަލާގައި ޖުމްލަ 1680 މީހުންގެ މައްޗަށް ދައުވާކުރެވިފައިވެއެވެ. މީގެ ތެރެއިން 269 މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ ކެނަބިސް ބޭނުންކުރި މައްސަލާގައެވެ. ދެވަނައަށް އެންމެ ގިނައިން ދައުވާކުރެވުނީ ޑައިމޯފިން ބޭނުންކުރުމުގެ މައްސަލަތަކުގައި ކަމަށާއި، މި ކުށުގައި 220 މީހެއްގެ މައްޗަށް ދައުވާކުރެވިފައިވާކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.

އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ މައްސަލާގައި 178 މީހަކަށް ދައުވާކުރެވިފައިވެއެވެ.

ޕީޖީ އޮފީހުގެ ތަފާސްހިސާބުން އިތުރަށް ދައްކާގޮތުގައި، މިދިޔަ އަހަރު އެކި މައްސަލަތަކުގައި 108 އަންހެނުންގެ މައްޗަށް ދައުވާކުރެވިފައިވާއިރު، 1572 ފިރިހެނުންގެ މައްޗަށް ދައުވާކުރެވިފައިވެއެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ 2 ކުދިން ހިމެނޭއިރު، 1678 މީހުންނަކީ 18 އަހަރުން މަތީގެ މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.