އިހުސާން މަޖިލިހަށް ޖަވާބުދާރީ ވުން: މެމްބަރު މީކާއިލްގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

އިހުސާން މަޖިލިހަށް ޖަވާބުދާރީ ވުން: މެމްބަރު މީކާއިލްގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

Author
ހުސައިން
25 ފެބްރުއަރީ 2025 10:06
0

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ވަޒީރު ޖަވާބުދާރީވުން މަޖިލީހުގެ ތަޅުމުގައި ކުރިއަށްދަނިކޮށް، އެމްޑީޕީގެ މެމްބަރު މީކާއިލްގެ ނަންއިއްވާ ތަޅުމުން ބޭރުކޮށްފިއެވެ.

ހެނދުނު 09:00 ގައި ފެށުނު ޖަލްސާގެ އެޖެންޑާގެ ފުރަތަމަ ނަންބަރުގައި އޮތީ ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ. މި މައްސަލައިގައި ޖަވާބުދާރީވުމަށް ވަޒީރަށް އެއް ގަޑިއިރުގެ ވަގުތު ވަނީ ދެވިފައެވެ.

ވަޒީރު ޖަވާބުދާރީވަމުން ދިޔައިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢީލު އަޙްމަދު ނަސީމް ވަނީ ނިޒާމީ މައްސަލަތަކެއް ނަންގަވާފައެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ މެންބަރު މީކާޢީލު ނަގާ ނިޒާމީ މައްސަލަތައް ބަލައިގަނެވެން ނެތްކަމަށެވެ. އަދި ނިޒާމު ނަގައިލުމަށް އިތުރު ފުރުޞަތެއް ނުދެއްވާނެކަމަށްވެސް ވަނީ އިންޒާރުދެއްވާފައެވެ. އެއަށްފަހު ރައީސް ނަސޭހަތްތެރިވެ، މީކާޢީލުގެ ނަން އިއްވާފައިވެއެވެ. މިޖަލްސާގައި މަޖިލީހުގެ ސެކިއުރިޓީގެ އެހީތެރިކަމާއެކު މީކާޢީލު ވަނީ ތަޅުމުން ބޭރުކުރެވިފައެވެ.

އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ސޮއިކޮށް ހުށަހެޅި މި މައްސަލާގައި ހިމެނެނީ، ޕީއެންސީއަށް މެންބަރުން ވެއްދުމުގައި ޑީއެންއާރުގެ ޑޭޓާ ބޭނުންކުރިކަމުގެ ތުހުމަތާއި، ބެސްޓިނެޓަށް ދައުލަތުން 460 މިލިޔަން ރުފިޔާ ދައްކަން ޖެހުމުގެ މައްސަލައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.