ދ މީދޫގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާއި ހަވާލުކޮށްފި

ދ މީދޫގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާއި ހަވާލުކޮށްފި

ގުޅުންހުރި

ދ މީދޫގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާއި ހަވާލުކޮށްފި އެވެ.

ވެމްކޯއާއި މި މަސައްކަތް ރަސްމީކޮށް ހަވާލުކުރީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު ދ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނު މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި އެވެ.

އެގޮތުން މިކަމާއި ގުޅޭ ޚާއްސަ އެއްބަސްވުމެއްގައި ވެމްކޯއާއި މިނިސްޓްރީ އޮފް އެންވައިރަންމެންޓް އެންޓް ޓޫރިޒަމް އާއި ދެމެދު ވަނީ ސޮއިކޮށްފައި އެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވައިރަންމެންޓް އެންޓް ޓޫރިޒަމް ޠާރިގް އިބްރާހިމް އެވެ. އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލްއެވެ.

މި އެއްބަސްވުމުގެ ދަށުން ވެމްކޯއިން އެރަށުގައި ކުނި މެނޭޖުކުރާ ސެންޓަރެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމާއި އެކު ރާއްޖޭގެ މައި ބައެއް ސަރަހައްދުތަކެއްގައި ވެމްކޯގެ ހިދުމަތްތައް ވަނީ ފުޅާކޮށްފައި އެވެ. އަދި އިތުރު ސަރަހައްދުތަކުގައި ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވެސް ދަނީ ވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ