ފައިނު އެއާޕޯޓު އަޅަން އެމްޓީސީސީއާއި ހަވާލުކޮށްފި

ފައިނު އެއާޕޯޓު އަޅަން އެމްޓީސީސީއާއި ހަވާލުކޮށްފި

Author
ހުސައިން
23 ފެބްރުއަރީ 2025 01:51
0

ރ. ފައިނުގައި އެއާޕޯޓެއް އެޅުމަށް އެމްޓީސީސީއާ އެމްއޭސީއެލްއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީން އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ އެންމެހައި ދިރާސާތަކާއި، އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓާއި އަދި ޑިޒައިން މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ މި އެއާޕޯޓަކީ އެ އަތޮޅުގެ ފަތުރުވެރިކަން ކުރިއަރުވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މަރުކަޒަކަށް ހެދުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ފައިދާތަކެއް ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްއޭސީއެލްއިން ބުނެފައިވާ ގޮތުގައި މި މަޝްރޫޢަކީ ރ. އަތޮޅުގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ އިތުރުން މުޅި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާ އެއްގޮތަށް ތަރައްގީކުރުމަށް ނިންމަވާފައިވާ އެއް އެއާޕޯޓެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްކަމަށްވެސް އެމްއޭސީއެލްއިން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.