މަސްދަޅު ކޭސްތައް ނެގުމަށް އޮންލައިން ޓޯކަން ދޫކުރަން ފެށުމާއެކު ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަށް ޑީޑޮސް ހަމަލާތަކެއް!

މަސްދަޅު ކޭސްތައް ނެގުމަށް އޮންލައިން ޓޯކަން ދޫކުރަން ފެށުމާއެކު ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަށް ޑީޑޮސް ހަމަލާތަކެއް!

Author
ހުސައިން
22 ފެބްރުއަރީ 2025 08:59
0

ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ހަދިޔާކުރާ މަސްދަޅު ކޭސްތައް ނެގުމަށް މިއަދު ހަވީރު 6 ޖަހާއިރު އޮންލައިން ޓޯކަން ދޫކުރަން ފެށުމާއެކު، ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަށް ބޭރު ގައުމުތަކުން ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާއެއް އަމާޒުވެއްޖެއެވެ.

މަސްދަޅު ކޭސްތައް ނެގުމަށް ބޭނުންވާ ފަރާތްތަކަށް ޓޯކަން ނަންބަރު ދޫކުރަމުންދަނީ ޕޯޓަލް މެދުވެރިކޮށެވެ. އަދި މަސްދަޅު ކޭސް ބަލައިގަތުމަށް އަންނައިރު، އައިޑީ ކާޑާއި އެއް މަހުގެ ކަރަންޓު ބިލް ގެންނަން ޖެހޭނެއެވެ.

ސްޓެލްކޯއިން ބުނީ، އޮންލައިން ޓޯކަން ދޫކުރަން ފެށި ވަގުތާ ދިމާކޮށް، އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް ޑީޑޮސް ހަމަލާތަކެއް ލިބުނު ކަމަށެވެ. އަދި މި ހަމަލާގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އެޕްލިކޭޝަންގެ ހިދުމަތް މެދުކެނޑުނު ނަމަވެސް، މިހާރު މި ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވައި، އެޕްލިކޭޝަންގެ ޚިދުމަތް އަލުން ފޯރުކޮށްދޭން ފެށިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.

މި އޮންލައިން ނިޒާމް ތައާރަފްކޮށްފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބަހަން ފެށުމުން، އެކި ސަރަހައްދުތަކުގައި ގިނަ ބަޔަކު ކިއޫގައި ޖެހި، ވަރަށް ގިނަ ބަޔަކު އެކަމާ ޝަކުވާ ކުރުމާ ގުޅިގެން، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.