ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ޞާލިހުގެ ފިރިކަލުން އިސްމާއިލް ފިރާގު ނިޔާވެއްޖެއެވެ.
އިސްމާއިލް ފިރާޤަކީ ދައުކަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޚިދުމަތްތެރި ބޭފުޅެކެވެ. ފިރާޤު ނިޔާވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަން ފުޅާއި އުޅުއްވުމަށްފަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ.
ފިރާޤަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކޮއްކޯފުޅު އަދި ރައީސް އޮފީހުގެ ޕްރެސިޑެންޓަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ފާތިމަތު މުހައްމަދު ސޯލިހްގެ ފިރިކަލުންނެއެވެ. އިސްމާއިލް ފިރާޤަކީ ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ދައުލަތުގެ އެކި މަޤާމުތައް ފުއްރުވާފައިވާ ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ