މާދަރީ ބަހުގެ ދުވަހު، "މައުމޫން" ލޯންޗު ކޮށްފި

މާދަރީ ބަހުގެ ދުވަހު، "މައުމޫން" ލޯންޗު ކޮށްފި

ގުޅުންހުރި

ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ އަތުލިޔުއްވުމަށް ބިނާކޮށް އުފައްދާފައިވާ އައު ދިވެހި ފޮންޓެއް މިއަދު ލޯންޗްކޮށްފިއެވެ.

މި ފޮންޓަށް ދީފައިވާ ނަމަކީ "މައުމޫން" މިނަމެވެ. މައުމޫން ފައުންޑޭޝަނާއި އަކުރު ޓައިޕް ގުޅިގެން އުފައްދާފައިވާ މި ފޮންޓް ލޯންޗްކުރުމަށް މާލޭ އާރޓް ގެލަރީގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ފާހަގަކުރެއްވީ މި ފޮންޓް ނެރެވިގެން މިދަނީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހާ ދިމާކޮށްކަމަށެވެ. އަދި ދިވެހިންގެ މާދަރީ ބަހަކީ ރީތި ދިވެހި ބަސްކަމަށާއި، އެބަސް ކުރިއަރުވައި ދިރުވުމަށް މިއަދުވެސް މަސައްކަތްކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ބަހަކީ ޤައުމުގެ ދޫކަމަށާއި ޤައުމު ރަމްޒުކޮށްދެނީ ޤައުމުގެ ބަހުންކަމަށެވެ. އަދި ޤައުމުގެ ތަރައްޤީއަށް ބަހުގެ ތަރައްޤީ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސް މައުމޫނަކީ ދިވެހި އަދި އަރަބި ކެލިގްރަފީގެ މޮޅު ބޭފުޅެކެވެ. އިސްލާމީ މަރުކަޒުގެ މިހުރާބުގެ ފިލާގައި އަދި އެމަރުކަޒުގެ ނަން ބޯޑުގައިވެސް ވަނީ އެމަނިކުފާނުގެ އަތުލިޔުއްވުމެވެ. "މައުމޫން" ފޮންޓް ބަލައިލުމަށް ހޮނިހިރު ދުވަހު މާލެ އާޓް ގެލަރީގައި މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މައުރަޒަށް ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށް އާންމުންނަށް ޒިޔާރަތްކުރެވޭނެކަމަށް މައުމޫން ފައުންޑޭޝަނުން މަޢުލޫމާތު ދެއްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ