ފާއިތުވި މަހު ޖުމްލަ 32 މީހުން ޖަލަށް ލިއިރު، 35 މީހަކު ޖަލުން ދޫކޮށްލި

ފާއިތުވި މަހު ޖުމްލަ 32 މީހުން ޖަލަށް ލިއިރު، 35 މީހަކު ޖަލުން ދޫކޮށްލި

ގުޅުންހުރި

މޯލްޑިވްސް ކަރެކްޝަންސް ސަރވިސްއިން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން، މިދިޔަ މަހު ޖުމްލަ 32 މީހުން ޖަލަށް ވައްދާފައިވެއެވެ. މީގެ ތެރެއިން 23 މީހުންނަކީ ހުކުމް ކުރެވިފައިވާ މީހުންނެވެ. އަދި ނުވަ މީހުންނަކީ ޝަރީއަތުގެ މަރުހަލާގައި ތިބި މީހުންނެވެ.

ޖަލަށް ވެއްދުނު މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ޖަލަށް ވައްދާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. މިގޮތުން ޖަލަށް ވެއްދުނު މީހުންގެ 52 އިންސައްތައަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ކުރެވުނު މީހުންނެވެ. އަދި 22 އިންސައްތަ މީހުންނަކީ ވައްކަމާއި ފޭރުމުގެ މައްسަލަތަކުގައި ހުކުމް ކުރެވުނު މީހުންނެވެ.

މީގެ އިތުރުން، މިދިޔަ މަހު 35 މީހުން ވަނީ ޖަލުން ދޫކޮށްލާފައެވެ. މީގެ ތެރެއިން 24 މީހުން ދޫކޮށްލެވިފައިވަނީ އެމީހުންގެ ހުކުމް ފުރިހަމަ ކުރުމުންނެވެ. އަދި އަށް މީހުން ވަނީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ހަވާލުކުރެވިފައެވެ. މީގެ އިތުރުން ދެ މީހުން ވަނީ ޕެރޯލްގެ ދަށުން ދޫކޮށްލާފައިވާއިރު، އެއް މީހަކު ވަނީ ހުކުމް ކުރުން ލަސްވުމުގެ ސަބަބުން ދޫކޮށްލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ