ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ އަތުލިޔުން އަސްލަކަށް ބަލައިގެން އައު ފޮންޓެއް ތައްޔާރުކޮށް ކޮށްފިއެވެ. މިއީ ރާއްޖޭގެ ރައީސެއްގެ އަތުލިޔުން އަސްލަކަށް ބަލައިގެން ފޮންޓެއް ޑިޒައިންކޮށް ނެރޭ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޮންޓަށް ވަނީ 'މައުމޫން' މިނަން ދީފައެވެ.
Honoring a legacy, one letter at a time. ✍️✨
We invite you to a special exhibition showcasing the official typeface inspired by President @maumoonagayoom’s handwriting—a historic milestone as the first font ever created based on a president’s handwriting.
See you there! pic.twitter.com/2WiF8o3pwY
— Akuru Type (@akurutype) February 19, 2025
ދިވެހި ޓައިޕްއިން މައުމޫނު ފައުންޑޭޝަނަށް ޑިޒައިންކޮށްދީފައިވާ މި ފޮންޓު ދައްކައިލުމަށްޓަކައި މާލޭ އާޓް ގެލެރީގައި ހާއްސަ މައުރަޒެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10 އިން ރޭގަނޑު 11 އަށް ކުރިއަށްދާ މި މައުރަޒު ކުރިޔަށް ދާނެއެވެ. ތާނަ ފޮންޓުތަކަށް ހާއްސަ ވެބްސައިޓު އަކުރު ޓައިޕްއިން މި ފޮންޓު ޑައުންލޯޑު ކުރެވޭނެއެވެ.
މައުމޫނަކީ އަރަބި ބަހުން ވެސް ވަރަށް ރީތިކޮށް ލިއުއްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، އިސްލާމިކް މަރުކަޒުގެ މިސްކިތުގެ އެތެރޭގައި ހުރި ބައެއް ލިއުންތަކަކީވެސް އެމަނިކުފާނު ލިއުއްވާފައިވާ ތަކެތިކަން ފާހަގަކޮށްލެވެއެވެ.