ސްޕާއެެއްގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި

ސްޕާއެެއްގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި

Author
ހުސައިން
19 ފެބްރުއަރީ 2025 04:27
0

މާލެ ސިޓީގައި ހުންނަ ސްޕާއެއްގައި މާރާމާރީ ހިންގުމުގެ ހާދިސާއެއްގައި ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ 34 އަހަރުގެ ސޮހެލް މިއާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ސްޕާގެ ހިދުމަތް ހޯދުމަށްފަހު އެތަނުގެ މުވައްޒަފަކާ މެދު މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގައި، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ 10 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.

ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާ ލިބުނު ފަރާތުގެ ކަރުގައި ރަތްވެފައިވާ ކަމަށް ވެއެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކަށް އަނިޔާކުރި ކަމަށް ސޮހެލް މިއާ ވަނީ އިންކާރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.