ސުޕްރިމް ކޯޓުގެ ނިންމުމާއި ގުޅިގެން ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަމަަށް ރިޕޯޓުކުރި ޚަބަރު ދޮގުކޮށްފި

ސުޕްރިމް ކޯޓުގެ ނިންމުމާއި ގުޅިގެން ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަމަަށް ރިޕޯޓުކުރި ޚަބަރު ދޮގުކޮށްފި

Author
ހުސައިން
18 ފެބްރުއަރީ 2025 10:23
0

ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކިވާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމާއި ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބޭއްވިކަމަށް ބުނެ އާންމުންގެ މެދުގައި ފެތުރި ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ދޮގުކޮށްފިއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވަނީ، އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެއްވެސް ސައްހަކަމެއް ނެތް މިފަދަ ދޮގު މައުލޫމާތު ރައްޔިތުންނަށް އޮޅޭގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީޑިއާ ކައުންސިލަށް ހުށަހަޅާނެ ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.