އީސީގެ ރައީސްއާއި ނައިބު ރައީސް އަދި އޭސީސީގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރަން ފޮނުވި ބޭފުޅުންނަށް ރުހުންދީފި

އީސީގެ ރައީސްއާއި ނައިބު ރައީސް އަދި އޭސީސީގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރަން ފޮނުވި ބޭފުޅުންނަށް ރުހުންދީފި

ގުޅުންހުރި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބު ރައީސް އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރަން ފޮނުވި ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިދިޔަ މަހުގެ 26ގައި އީސީ އާއި އޭސީސީގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އައްޔަންކުރެވުނެވެ. އީސީގެ ނައިބު ރައީސް އަލީ ނަޝާތު އަދި މުހައްމަދު އާސިފުގެ މައްޗަށް މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމާ ގުޅިގެން އެ ކޮމިޝަންގެ ދެ މެންބަރުންގެ މަގާމު ހުސްވިއެވެ. އަދި އޭސީސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްސަލާމް އަދި ކޮމިޝަންގެ މެމްބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު ހުސްވިއެވެ. މި ދެ މެންބަރުން އިސްތިއުފާ ދެއްވީ އެ ދެ މެންބަރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން މަޖިލީހުން ތައްޔާރުވެފައި ވަނިކޮށެވެ.

އީސީގެ ރައީސްގެ މަގާމަށް މުހައްމަދު ޒާހިދު އައްޔަންކުރުމަށް 68 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ނައިބު ރައީސްގެ މަގާމަށް އަބްދުއްރަހުމާން ސޮލާހު ރަޝީދު އައްޔަންކުރުމަށް 69 މެންބަރުން ވޯޓު ދެއްވިއެވެ. މި ދެ މަގާމަށް ވެސް ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. މި ދެ ބޭފުޅުންނަކީ ވެސް އެންމެ ފަހުން އެ ކޮމިޝަނަށް އައްޔަންކުރި ދެ މެންބަރުންނެވެ.

އޭސީސީގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރަން ރުހުން ހޯދަން ރައީސް ފޮނުއްވީ ކޮމިޝަންގެ މެންބަރު އަބްދުﷲ ނާޝިދުގެ ނަމެވެ. ނާޝިދަކީ އެންމެ ފަހުން އެ ކޮމިޝަނަށް އައްޔަންކުރި ދެ މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރެކެވެ. ނާޝިދު އެމަގާމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

މިއީ އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް އެ ދެ ގާނޫނަށް ގެނައި އިސްލާހަށް ފަހު އެ މަގާމުތަކަށް މީހުން އައްޔަންކުރާ ފުރަތަމަ ފަހަރެވެ. އީސީގެ މެންބަރުކަމަށް ސޮލާހު އާއި ޒާހިދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

މިހާރު އީސީގައި ތިއްބެވީ ޑރ. މުހައްމަދު ޒާހިރު، ހަސަން ޒަކަރިއްޔާ، އަބްދުލް ހަސީބު އިސްމާއިލް، ޒާހިދު އަދި އަބްދުއްރަހްމާން ސޮލާހެވެ. އަދި އޭސީސީގައި ތިއްބެވީ ރައީސް އާދަމް ޝާމިލް، ޝިޔާމާ މުހައްމަދު، ޝަޒްނާ ހާޝިމް، އަބްދުﷲ ނާޝިދު އަދި އަހްމަދު ނާޝިދެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ