ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން "ރޯދަމަހަށް ފަރުވާތެރިވުން" ގެ ނަމުގައި މުވައްޒަފުންނަށް ޚާއްޞަކޮށްގެން މަޢުލޫމާތު ސެޝަނެއް ބާއްވައިފިއެވެ.
ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި މި ސެޝަން ބޭއްވުނީ ކުރިއަށް އޮތް ރަމަޟާން މަހަށް މުވައްޒަފުން ތައްޔާރުކުރުމަށާއި، އިސްލާމްދީނާ މެދު ލޯބި އިތުރުކޮށް، ނަމާދާއި ރޯދައާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.
ރޯދަމަހަށް ތައްޔާރުވުމަށާއި، ދިނާއި މެދު ލޯބި އިތުރުކޮށް ނަމާދާއި، ރޯދައާއި ގުޅުންހުރި މައުލޫމާތު މިކުންފުނީގެ މުވައްޒަފުންނަށް ފޯރުކޮށްދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން "ރޯދަމަހަށް ފަރުވާތެރިވުން" ގެ ނަމުގައި ހާއްސަ މައުލޫމާތު ސެޝަންއެއް މިއަދު ވަނީ ބާއްވާފައި.… pic.twitter.com/5T3XngpXNM
— STELCO (@STELCOMALDIVES) February 16, 2025
މި ސެޝަންގައި ބައިވެރިވި މުވައްޒަފުންނަށް ރޯދަ މަހުގެ މުހިންމުކަމާއި، ރޯދައިގެ ޙިކުމަތްތަކާއި، ރޯދަ ހިފުމުގެ ޞައްޙަ ގޮތްތަކާއި، ނަމާދުގެ މުހިންމުކަމާ ބެހޭ ގޮތުން މަޢުލޫމާތު ދެވުނެވެ. އަދި ބައިވެރިންގެ ފަރާތުން ކުރެވުނު ސުވާލުތަކަށް ޖަވާބުދާރީވެ، އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދެވުނެވެ.