ފާއިތުވި އަހަރު ދިވެއްސެއްގެ ލިވާ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރި

ފާއިތުވި އަހަރު ދިވެއްސެއްގެ ލިވާ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރި

ފާއިތުވި އަހަރު ދިވެއްސެއްގެ ލިވާ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރި ކަމަށް އިސްލާމިކް މިނިސްޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ގޮތުގައި، ފާއިތުވެދިޔަ އަހަރަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ. މިގޮތުން މުދަލު ޒަކާތުގެ ގޮތުގައި 101.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ބޭއްވި އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، ޒަކާތު ފަންޑުން ފޯރުކޮށްދޭ އެހީތެރިކަމުގެ ތެރޭގައި މަހެއްހާ ދުވަހުގެ ކުރިން ދިވެއްސެއްގެ ލިވާ ޓްރާންސްޕްލާންޓޭޝަނަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެވުނު ކަމަށް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބޯން މެރޯ ހެދުމަށް ބޭނުންވާ ކުދިންނަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"މަހެއްހާ ދުވަހުގެ ކުރިން ލިވާ ޓްރާންސްޕްލާންޓޭޝަނަށް ޒަކާތު ފަންޑުން ހަރަދުކުރިން އެއްމެ ފަރުދަކަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ. އެމީހާވެސް ﷲ ގެ އިރާދަކުރެއްވިއްޔާމުން ދިރިއުޅުމުގެ އުއްމީދު އާ ވެގެން ދިޔައީ." ޝަހީމް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ޒަކާތުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު އިތުރުވެފައިވާ ކަމަށާއި، އެހެންކަމުން ޒަކާތުން ލިބޭ ފައިސާ ހަރަދުކުރާނެ ގޮތުގެ ގާނޫނެއް ބޭނުންވާ ކަމަށެވެ. އަދި ޒަކާތު ހައުސްއަކީ ރާއްޖޭގައި އެންމެ އަމާނާތްތެރިކަމާއެކު ހިނގާ އެއް މުއައްސަސާކަން ފާހަގަކުރައްވައި، މުއައްސަސާގެ އަގު ވައްޓާލަން އެކި ވާހަކަތައް ދެއްކި ނަމަވެސް، އެތަނުގެ އަމާނާތްތެރިކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށް ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *