މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފި

Author
ހުސައިން
16 ފެބްރުއަރީ 2025 08:50
0

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގޭންގު ކްރައިމް އެންފޯސްމަންޓުގެ ފުލުހުން ޑްރަގް އެންފޯސްމަންޓުގެ އެހީތެރިކަމާއެކު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މއ. ހިތްތަލަވިލާ / މާލެ، މުޙައްމަދު ކިޔާން އަޙްމަދު ނާޠިމް (19އ) ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގީ މި ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހުއެވެ. މާލޭގެ ރެސްޓޯރަންޓެއްގެ ތެރެއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 1 ކިލޯއަށްވުރެ ގިނަ ތަކެތި ފެނުނެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.