ޓެކްސީ ޑްރައިވަރުންގެ މުޒާހަރާގައި ބައިވެރިވި ތިން ފަރާތެއްގެ މައްޗަށް ދައުވާ އުފުލައިފި

ޓެކްސީ ޑްރައިވަރުންގެ މުޒާހަރާގައި ބައިވެރިވި ތިން ފަރާތެއްގެ މައްޗަށް ދައުވާ އުފުލައިފި

ގުޅުންހުރި

މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުނު ޓެކްސީ ޑްރައިވަރުންގެ މުޒާހަރާގައި ބައިވެރިވި ތިން ފަރާތެއްގެ މައްޗަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިމަހު ފަސްވަނަ ދުވަހު ހުޅުމާލެ ކޯޓުގައި ދައުވާ އުފުލައިފިއެވެ.

ދައުވާ އުފުލި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މއ. ނަހީދީމަންޒިލް މިސްބާހު ޝަރީފް އާއި، މއ. ވިރާހު މުހައްމަދު ޝާމިން އަދި ހދ. ކުމުންދޫ ހޮލިޑޭވިލެޖް ނުއުމާން އަހުމަދެވެ. މި ތިން ފަރާތުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ފަރާތްތަކުން ހުޅުމާލެ، ނިރުޅޮމަގުގައި ހުންނަ އެމްޑަބްލިއުއެސްސީ ސަރަހައްދުގެ މަގު ބަންދުކޮށް، އާންމު ދަތުރުފަތުރަށް ހުރަސްއަޅައި، އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަމަން ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. މި ދައުވާ ސާބިތުވެއްޖެނަމަ 24 މަހާއި ހަތަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ހަމަޖެހިފައިވެއެވެ.

މި މައްސަލައިގައި ކުރިން ހަތަރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވީ ނަމަވެސް، ދައުވާ އުފުލާފައިވަނީ ތިން މީހެއްގެ މައްޗަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ