ރޯދަމަސް އެކީ މެމްބަރުން ޗުއްޓީއަށް ދިއުމާމެދު ދެވަނަ ވިސްނުމަކަށް ދަނީ

ރޯދަމަސް އެކީ މެމްބަރުން ޗުއްޓީއަށް ދިއުމާމެދު ދެވަނަ ވިސްނުމަކަށް ދަނީ

Author
ހުސައިން
16 ފެބްރުއަރީ 2025 08:45
0

ރޯދައަށް ޗުއްޓީއަށް ދާގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމާމެދު އައު ވިސްނުމަކަށް ދިއުމަށް ޕީއެންސީއިން ނިންމައިފައެވެ. މި ނިންމުމަކީ ކުރިއަށް އޮތް ރަމަޟާން މަހާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށާއި ދައުރު ކުރުކުރުމަށް ހުށަހެޅިފައިވާ އިސްލާހަކާ ގުޅޭގޮތުންނެވެ.

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަދި ޕީއެންސީ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މިދިޔަ ހަފުތާގައި ވަނީ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލުމަށް ހުށަހަޅުއްވައިފައެވެ. މި ދައުރަކީ މި މަހުގެ ހައެއްގައި ފެށުނު ދައުރެކެވެ. މި އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވުމުން، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ މި ބިލު ފާސްކުރުމަށް ނިންމައިފައެވެ.

އާންމު ކޮމިޓީން މި އިސްލާހު ފާސްކުރުމާ ގުޅިގެން، ރައްޔިތުންގެ ފަރާތުން ވަނީ މަޖިލިސް މެންބަރުންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ތަފާތު ޚިޔާލުތައް ފާޅުކޮށްފައިވާއިރު، ރަމަޟާން މަހާ ދިމާކޮށް މަޖިލިސް ޗުއްޓީއަށް ދިއުމުން މަސައްކަތުގެ ދުވަސްތައް މަދުވެ، މެންބަރުންނަށް ލިބޭ ޗުއްޓީ އިތުރުވާނެ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ދައުރު ބެހިގެންވަނީ ތިން ދައުރަކަށެވެ. ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ 1 އިން މެއި 15 އަށެވެ. އަދި ދެވަނަ ދައުރު ހިނގަނީ ޖޫން 1 އިން އޮގަސްޓް 15 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.