ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ގޮވާލައްވައިފި

ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ގޮވާލައްވައިފި

ގުޅުންހުރި

އަށްވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ދެވަނަ ޕްލެނަރީގައި "އެމްޕްލިފައިން ދަ ވޮއިސް އޮފް ގްލޯބަލް ސައުތު" ގެ ނަމުގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން، އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ޑރ. އަބްދުﷲ ޚަލީލް މިއަދު ގޮވާލައްވައިފިއެވެ.

ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި ބައިނަލްއަޤްވާމީ ނިޒާމުން ނިންމާ ނިންމުންތަކުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ރޯލު އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިގޮތުން ވަކިން ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އދ. ގެ ސަލާމަތީ މަޖިލީހުގައި ނޮން-ޕާމަނަންޓް ރޮޓޭޓިން ސީޓެއް ހަމަޖެއްސުމަށް އެދިވަޑައިގަތެވެ. އަދި ސަލާމަތީ މަޖިލިސް ޒަމާނަށް ފެތޭ، ބައިނަލްއަޤްވާމީ ޤާނޫނު ނެގެހެއްޓޭ މަޖިލީހަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އިންޑިއާ ކަނޑުގައި ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ގާނޫނާ ހިލާފަށް ކަނޑުމަތީގައި ހިންގާ އަމަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވިލުންތެރި ދިވެހިރާއްޖެއެއް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށްވެސް ގޮވާލެއްވިއެވެ.

މި ޕެނަލްގައި ޑރ. ޚަލީލްއާއެކު ނޭޕާލްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަރްޒޫ ރަނާ ޑިއުބާ، ސީޝެލްސްގެ މިނިސްޓަރ އޮފް އިންޓަރނަލް އެފެއާޒް އެރޯލް ފޮންސެކާ، ބްރުނައި ދާރުއްސަލާމްގެ ސެކަންޑް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދަތޯ އެރުވަން ޕެން ޔޫސުފް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހްމަދު އަލީ އަލް ޞާޔިގް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޕެނަލް މޮޑަރޭޓްކުރެއްވީ އިންޑިއާގެ ކުރީގެ ޔޫނިއަން މިނިސްޓަރު ސުރޭޝް ޕްރަބޫއެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މި ކޮންފަރެންސަކީ އިންޑިއާ ކަނޑުގެ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި، އިސް އޮފިޝަލުންނާއި، ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ ފަރާތްތަކާއި، ސްކޮލާސް އަދި ތަޖުރިބާކާރުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކޮންމެ އަހަރަކު ބާއްވާ ބައްދަލުވުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ