ހައްޖަށް ދިޔުމަށް ހިނގާ ޚަރަދު މި ދައުރުގައި ކުޑަކުރެވޭނެ: ޝަހީމް

ހައްޖަށް ދިޔުމަށް ހިނގާ ޚަރަދު މި ދައުރުގައި ކުޑަކުރެވޭނެ: ޝަހީމް

Author
ހުސައިން
16 ފެބްރުއަރީ 2025 11:18
0

މި ސަރުކާރުގެ ދައުރުގައި ހައްޖަށް ދިޔުމަށް ހިނގާ ޚަރަދު ކުޑަކުރެވޭނެ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. އާންމު ރައްޔިތުންނަށް ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ދެވޭ "އަހާ" ފޯރަމްގެ ހަތަރުވަނަ ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާ އެއްގޮތަށް އަންނަ އަހަރު ބައެއް ބަދަލުތައް ގެނެވޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައްޖުގެ ނިޒާމު ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާ ކަމަށާއި، އެގޮތުން ހައްޖަށް މީހުން ގެންދިޔުމުގެ އަގު ކުޑަކުރުމަށް ހައްޖު ކޯޕަރޭޝަނުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިހާރު ހައްޖު ކިޔުގައި 9،000 މީހުން ތިބި ކަމަށާއި، އަންނަ އަހަރުން ފެށިގެން ކިޔުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި، ޚާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް އަންނަ އަހަރުން ފެށިގެން ލުއިތަކެއް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށްވެސް މިނިސްޓަރު ޝަހީމް ހާމަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.