ހުޅުމާލެ ފަޅުތެރެއަށް ކަޅުތެޔޮ އެޅިގެން ސާފުކުރަން ފަށައިފި

ހުޅުމާލެ ފަޅުތެރެއަށް ކަޅުތެޔޮ އެޅިގެން ސާފުކުރަން ފަށައިފި

Author
ހުސައިން
15 ފެބްރުއަރީ 2025 10:14
0

ހުޅުލެ އައިލެންޑް ހޮޓަލާ ދިމާލުގައިވާ ފަޅުތެރެއަށް ކަޅުތެޔޮ އެޅުމާ ގުޅިގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އެހީގައި ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަދު 15:20 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މި މައުލޫމާތު ލިބުމާއެކު، ވަގުތުން އެ ސަރަހައްދަށް ގޮސް ސާފުކުރުމުގެ މަސައްކަތް ފެށިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.