މާލޭގެ މަގުތަކުގައި ގިނަ ދުވަސްވެ ބޭނުން ނުކޮށް ހުރި 235 އުޅަނދެއް ފުލުހުން ޓޯކޮށްފި

މާލޭގެ މަގުތަކުގައި ގިނަ ދުވަސްވެ ބޭނުން ނުކޮށް ހުރި 235 އުޅަނދެއް ފުލުހުން ޓޯކޮށްފި

Author
ހުސައިން
15 ފެބްރުއަރީ 2025 10:07
0

ވެރިރަށް މާލޭގެ މަގުތަކުން ގިނަ ދުވަސްވަންދެން ބޭނުން ނުކޮށް ބަހައްޓާފައި ހުރި 235 އުޅަނދެއް ފުލުހުން މިއަދު ޓޯކޮށްފިއެވެ. މި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 201 ސައިކަލާއި، 31 ކާރާއި، އަދި 3 ބައިސްކަލެވެ. މި މަސައްކަތް ކުރިއަށް ގެންދިޔަ ކަމުގެ މައުލޫމާތު ފުލުހުން ވަނީ އެކްސް މެދުވެރިކޮށް އާންމުކޮށްފައެވެ.

މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ފެށީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހުކޮޅުގައެވެ. މި މަސައްކަތް ކުރަން ޖެހުނު އެއް ސަބަބަކީ، ޓްރާންސްޕޯޓު މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މާލޭގެ މަގުތަކުގެ 65 އިންސައްތަ ޖާގަ އަބަދުވެސް ހިފަހައްޓާފައި އޮންނަނީ ޕާކުކޮށްފައި ހުންނަ އުޅަނދުތަކުންނެވެ. މިކަމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓުތައް އިންތިހާއަށް އިތުރުވަމުންދާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ފުލުހުންނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ވަނީ ހުޅުމާލޭގެ މަގުތަކުގައި ދޫކޮށްލާފައި ހުރި ބާ އުޅަނދުތައްވެސް ނަގައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.