ކާފަ ދަރިއަކަށް ޖިންސީ ގޯނާ ކޮށްގެން ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހާ ޖަލުގައި ނިޔާވެއްޖެ

ކާފަ ދަރިއަކަށް ޖިންސީ ގޯނާ ކޮށްގެން ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހާ ޖަލުގައި ނިޔާވެއްޖެ

Author
ހުސައިން
14 ފެބްރުއަރީ 2025 11:40
0

އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލައިފައި ހުރި އެ ކުއްޖާގެ ކާފަ އިބްރާހިމް ދީދީ (67 އަހަރު) ރޭ ނިޔާވެއްޖެއެވެ. ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދެއްވިގޮތުގައި، ބްލަޑް ޕްރެޝަރ، ކޮލެސްޓްރޯލް އަދި ޓްރެމާސްއަށް ފަރުވާ ހޯދަމުންދިޔަ އިބްރާހިމް ދީދީ ނިޔާވީ ރޭގެ 2:40 ހާއިރުގައެވެ.

އޭނާ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާ ގުޅިގެން މެޑިކަލް ޓީމުން އަވަސް ފަރުވާ ދިނުމަށްފަހުވެސް އެއްވެސް ހަރަކާތެއް ނުކުރުމުން ވަނީ އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ހަމަ މި މައްސަލައިގައި ހައްޔަރުކުރެވުނު އެ ކުއްޖާގެ މުނިކާފަ ހަސަން މޫސާ ދީދީ (85 އަހަރު) ވެސް ނިޔާވެފައިވަނީ ޖަލުގައެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނުއިރު އިބްރާހިމް ދީދީއަކީ އޭނާ ދިރިއުޅެމުން އައި ރަށުގައި އިމާމުވެ ނަމާދުކުރަމުން އައި މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.