އޭސީސީގެ ނައިބު ރައީސްގެ މަގާމަށް ރައީސް ހުށަހެޅުއްވި ނަން ބަދަލު ކުރައްވައިފި

އޭސީސީގެ ނައިބު ރައީސްގެ މަގާމަށް ރައީސް ހުށަހެޅުއްވި ނަން ބަދަލު ކުރައްވައިފި

Author
ހުސައިން
11 ފެބްރުއަރީ 2025 12:04
0

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ހުށަހެޅުއްވި ނަން މިއަދު ބަދަލު ގެންނަވައިފިއެވެ. އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި އެމަގާމަށް އަހްމަދު ނާޝިދުގެ ނަންފުޅު ހުށަހަޅުއްވާފައިވާއިރު، މިއަދު އެނަންފުޅު ބަދަލުކުރައްވައި ރ. އަލިފުށީ، ފަސާނާ، އަބްދުﷲ ނާޝިދުގެ ނަންފުޅު ވަނީ ހުށަހަޅުއްވާފައެވެ.

އަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންއިން މާސްޓަރ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ހާސިލުކުރައްވާފައިވާ ބޭފުޅެއް ކަމާއި، އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ މެނޭޖަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުން ވަނީ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ދެ ގޮނޑި ހުސްވެފައިވަނީ ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްސަލާމާއި މެންބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ ދެ މެންބަރުން އިސްތިއުފާ ދެއްވާފައިވަނީ އެ ދެ މެންބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަޖިލީހުން ތައްޔާރުވަމުންދަނިކޮށެވެ. މިހާރު ކޮމިޝަނުގައި ތިއްބެވީ އާދަމް ޝާމިލް (ރައީސް)، ޝިޔާމާ މުހައްމަދު އަދި ޝަޒްނާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.