4,000 ފްލެޓް އޭގެ ހައްގުވެރިންނާއި މިއަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ހަވާލުކުރަނީ

4,000 ފްލެޓް އޭގެ ހައްގުވެރިންނާއި މިއަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ހަވާލުކުރަނީ

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތައް ލިބޭ މީހުންނަށް މިއަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ފްލެޓްތައް ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން އަޅަން ފަށާފައިވާ 4,000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ބޮޑެތި މައްސަލަތައް ހުރިކަން އޭސީސީއިން ފާހަގަކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަކީ މި ސަރުކާރަށް އޮތް ވަރަށް ހައްސާސް މައްސަލައެއް ކަމަށް ފާހަގަކުރައްވައި، ލިސްޓުގެ ސައްހަކަން ބެލުމަށް ކުރަމުންދާ މަސައްކަތް ނިމި މިމަހުގެ ތެރޭގައި ލިސްޓު އިޢުލާންކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފްލެޓްތައް ނިމެމުންދާ މިންވަރަކުން ފްލެޓްތައް ލިބޭ ފަރާތްތަކާ ހަވާލުކުރަމުން ގޮސް، މިއަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްޤުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ގުޅިފަޅުގައި މިއަހަރު ސޯޝަލް ހައުސިންގެ އާ މަޝްރޫޢެއް ފަށާނެ ކަމަށްވެސް ރައީސް އިޢުލާންކުރެއްވިއެވެ. ކުރިން ހުވަދު އަތޮޅުގެ ދަތުރުފުޅެއްގައި ރައީސް ވިދާޅުވެފައިވަނީ މަކަރާއި ހީލަތުން ފްލެޓް ހޯދި މީހުންނާއި އޭސީސީއިން މައްސަލަ ފާހަގަކުރާ މީހުންނަށް ފްލެޓް ނުލިބޭނެ ކަމަށެވެ. އަދި ނުގަވާއިދުން، ދޮގުހަދައިގެން، މަކަރުހަދައިގެން ނުވަތަ ފޯޖުކޮށްގެން މީހަކު ފްލެޓެއް ނުވަތަ ގޯއްޗެއް ހޯދާފައިވާނަމަ އެކަން ކެންސަލްކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *