4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މިމަހު އާންމު ކުރަނީ

4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މިމަހު އާންމު ކުރަނީ

4000 ފުލެޓު ލިބޭ މީހުންގެ ލިސްޓު މި މަހު އާންމުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. އަދި ސެޕްޓެމްބަރު މަހު ފުލެޓުތައް ދޫކޮށް ވެސް ނިންމާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އެންޓިކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ ގޮތަށް ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ ސައްހަކަން ބެލުމަކީ މި ސަރުކާރަށް ކުރިމަތިވެފައިވާ ހައްސާސް މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މަސައްކަތް ނިންމައި މިމަހުގެ ތެރޭގައި ލިސްޓު އިޢުލާންކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ލިސްޓުގެ ސައްހަކަން ބެލުމަށް ކުރަމުންދާ މަސައްކަތް ނިމި މިހަހުގެ ތެރޭގައި ލިސްޓް އިއުލާންކުރެވިގެންދާނެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތައް ލިބޭ މީހުންނަށް މިއަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ފްލެޓްތައް ހަވާލުކުރާނެ ކަމަށްވެސް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން އަޅަން ފަށާފައިވާ 4,000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ބޮޑެތި މައްސަލަތައް ހުރިކަން އޭސީސީއިން ފާހަގަކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަކީ މި ސަރުކާރަށް އޮތް ވަރަށް ހައްސާސް މައްސަލައެއް ކަމަށް ފާހަގަކުރައްވައި، ލިސްޓުގެ ސައްހަކަން ބެލުމަށް ކުރަމުންދާ މަސައްކަތް ނިމި މިމަހުގެ ތެރޭގައި ލިސްޓު އިޢުލާންކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފްލެޓްތައް ނިމެމުންދާ މިންވަރަކުން ފްލެޓްތައް ލިބޭ ފަރާތްތަކާ ހަވާލުކުރަމުން ގޮސް، މިއަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްޤުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ގުޅިފަޅުގައި މިއަހަރު ސޯޝަލް ހައުސިންގެ އާ މަޝްރޫޢެއް ފަށާނެ ކަމަށްވެސް ރައީސް އިޢުލާންކުރެއްވިއެވެ. ކުރިން ހުވަދު އަތޮޅުގެ ދަތުރުފުޅެއްގައި ރައީސް ވިދާޅުވެފައިވަނީ މަކަރާއި ހީލަތުން ފްލެޓް ހޯދި މީހުންނާއި އޭސީސީއިން މައްސަލަ ފާހަގަކުރާ މީހުންނަށް ފްލެޓް ނުލިބޭނެ ކަމަށެވެ. އަދި ނުގަވާއިދުން، ދޮގުހަދައިގެން، މަކަރުހަދައިގެން ނުވަތަ ފޯޖުކޮށްގެން މީހަކު ފްލެޓެއް ނުވަތަ ގޯއްޗެއް ހޯދާފައިވާނަމަ އެކަން ކެންސަލްކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *