ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން: ސްޓެލްކޯ

ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން: ސްޓެލްކޯ

Author
ހުސައިން
01 ފެބްރުއަރީ 2025 12:36
0

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. ސްޓެލްކޯއިން އިތުރަށް މައުލޫމާތު ދިން ގޮތުގައި، މިހާރު އިންޖީނުގޭގެ އިންޖީނުތައް އަލުން ހިންގަން ފަށައި، ކަރަންޓު މެދުކެނޑުނު ސަރަހައްދުތަކަށް ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

އެގޮތުން މި ވަގުތު މާލޭގެ 75 އިންސައްތަ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް އަނބުރާ ގެނެވި، ބާކީ ހުރި ސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މުޅި މާލެއިން ކަރަންޓު ކެނޑުމާ ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން މަޢާފަށް އެދިފައިވާއިރު، ވީހާވެސް އަވަހަކަށް އެންމެހާ ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް އަނބުރާ ގެނައުމަށް މަސައްކަތްކުރަމުންދާކަންވެސް އެ ކުންފުނިން ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.