މިސަރުކާރުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފި: އާޒިމާ

މިސަރުކާރުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފި: އާޒިމާ

Author
ޙަސަން މުޙައްމަދު
01 ފެބްރުއަރީ 2025 12:09
0

މި ސަރުކާރުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފި ކަމުގައި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. އެމްޑީޕީން ރޭ ބޭއްވި ބޮޑު އެއްވުމާ ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައި، އާޒިމާ ވަނީ ސުލްހަވެރި އެއްވުމުގެ ޙައްޤު ކަށަވަރުކޮށްދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ދިވެހި ފުލުހުންނަށް މަރުޙަބާ ދަންނަވާފަވެއެވެ.

އާޒިމާ ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ވާދަވެރިންނާއި އިދިކޮޅު ފަރާތްތަކުން ބާއްވާ މިފަދަ ހަރަކާތްތަކަށް މިސަރުކާރުން ހުރަސްނާޅައި، މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމުގެ ހައްޤު ދީފައިވާކަން ކަށަވަރުވެގެންދިޔައެވެ. އަދި މިއީ ޑިމޮކްރަސީގެ ރިވެތި މިސާލެއް ކަމަށާއި، ސަރުކާރުން ސުލްހަވެރި އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އިޙްތިރާމްކުރާކަން މިކަމުން ދޭހަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން މާލޭގެ މައި މަގުތަކުގައި ބޭއްވި ހިނގާލުމުގައި، ފުލުހުން ވަނީ އެ ހަރަކާތް ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދީފައެވެ. އެއްވެސް ބައިވެރިޔަކަށް އަނިޔާވާފަދަ ނުވަތަ އެއްވުމަށް ހުރަސްއެޅޭފަދަ އެއްވެސް ޢަމަލެއް ފުލުހުން ހިންގާފައިނުވާކަން ފާހަގަކުރެވެއެވެ.

މިކަމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވަމުން އަންނަކަމުގެ ހެއްކެއްކަމުގައި ސިޔާސީ ދާއިރާގެ ގިނަ ފަރާތްތަކުން ދެކޭއިރު، ކުރީ ސަރުކާރުގައި މިފަދަ އެއްވުންތަކުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތާއި ރޭގައި ފުލުހުން ޢަމަލުކުރި ގޮތް އަޅާކިޔައި، ގިނަ ބަޔަކު ދަނީ ފުލުހުންނަށް ޝުކުރު އަދާކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.